ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޢާންމު ޞިއްޙަތުގެ ޚިދުމަތްތަކެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އެހީއާއިއެކު ޢާންމު ޞިއްޙަތުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.
އިތުރަށް ވިދާޅުވޭ